ކުޅުދުއްފުށީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޅުދުއްފުށީ އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވަނީ 31 އަހަރުގެ އަންހެނެކާއި 50 އަހަރުގެ ފިރިހެނަކު ދުއްވި ދެ ސައިކަލް ޖެހިގެންނެވެ. މި ހާދިސާގައި ސީރިއަަސް އަނިޔާ ވެފައިވަނީ 50 އަހަރުގެ ފިރިހެން މީހާއަށެވެ.
މި ހާދިސާގައި އޭނާގެ ބޮލަށް ގެއްލުންވެފައިވާ އިރު ކޮނޑުކަށިގަނޑުގައި ރެނދެއް ލައި ބައެއް ތަންތަން މަށައިގެންގޮސްފައިވެއެވެ.
މި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުބވާ ދެމުންދާ އިރު ބޮލަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އައްޑޫގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ އަންހެނެއްގެ ބޮލަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ރޭ ދަންވަރު ވަނީ އިތުރު ފަރުވާއަށް މާލެ ގެންގޮސްފައެވެ.