Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އަލީ ވެސް ރަނިން މޭޓް ކަމަށް

ޖުމްހޫރީ ޕާޓީން ރަނިން މޭޓަކަށް ކުރިމަތިލާން ހުޅުވާލުމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސެއިން ވެސް އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

އަލީ ހުސެއިން ރަނިންމޭޓް ކަމަށް ކުރިމަތިލައްވަން ފޯމް ހުށަހެޅުއްވީ މިއަދު އެވެ.

އެ މަގާމަށް އަލީގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީނާއި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވެސް ވަނީ ކުރިމަތިލައްވައިފަ އެވެ.

އަލީ މިއަދު ވިދާޅުވީ، ސިޔާސީ މައިދާނުގައި އޭނާ އަބަދުވެސް އިސްކަން ދެނީ ރައްޔިތުންގެ މަސްލަހަތަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ކުރައްވާފައި ވަނީ އެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެންމެ މުހިންމު މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ބަލި ކުރުން ކަމަށެވެ. އެހެންވެ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ރަނިންމޭޓެއް ހޮވާއިރު ބަލަން ޖެހޭނީ އެންމެ ގިނަ ވޯޓް ހޯދޭނެ ފަރާތެއް ނެރުމަށް ކަމަށް ވިދާޅުވި އެވެ.

ރަނިން މޭޓް ކަނޑައަޅަން ބާއްވާ ވޯޓްލުން މާދަމާ ރޭ ކުރިއަށް ދާނެ އެވެ.