ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައީސް މައުމޫންގެ ގާނޫނީ ވަކީލު ހުސެއިން ޝަމީމްގެ ސަސްޕެންޝަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އުވާލައިފި އެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤުކުރައްވަމުން ގެންދެވި މައްސަލަ ބެލުމަށްފަހު އެ މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންގަވާފައިވާތީ، ހުސެއިން ޝަމީމް އަކީ މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތެއް ނޫން ކަމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ޝަމީމް ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.