ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އިއްޔެ މި މަޤާމަށް އައްޔަން ކުރެއްވީ މ. އަމްފާ، ޑރ. މުހައްމަދު ޝާފިއީ އަބްދުއްމޫނިމް އެވެ.
ޑރ. ޝާފިއީ މީގެކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
ހެލްތު މިނިސްޓްރީގައި މިހާރުވެސް ހަތަރު ސްޓޭޓް މިނިސްޓަރުންނާއި، ދެ ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސީނިއާ ޕޮލިސީ އެގްޒެކެޓިވުން އެބަތިއްބެވި އެވެ.