Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

އިކޮނޮމިކްގެ ނައިބަކަށް ޝަފީޤު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެމަޤާމަށް ރައީސް މިއަދު އައްޔަންކުރެއްވީ ހ.ރޭޑިއަންޓް އަލްފާޟިލް އަޙްމަދު ޝަފީޤު (ސައްޕެ) ކަމަށެވެ.

އޭނ އަކީ އެމްޑީޕީ އުފެއްދުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރެއްވި އަދި އެ ޕާޓީގެ ޙަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ. އަދި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ގައި ވެސް އޭނާ ވާދަކުރެއްވި އެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވިފަހުން އޭނާ ސިޔާސީ މައިދާނުން ނުފެންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެހެންނަމަވެސް، ވެރިކަންކުރާ ޕީޕީއެމް އަށް މި އަހަރުގެ ތެރޭގައި ސޮއިކުރެއްވުމަށްފަހު އޭނާ ގެންދަވަނީ ރައީސް ޔާމީންގެ ކެމްޕެއިންގައި ވަރަށް ބޮޑަށް ޙަރަކާތްތެރިވަމުންނެވެ.

ސައްޕެއާއެކު މިހާރު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި މިހާރު ތިއްބަވަނީ ފަސް ބޭފުޅެކެވެ.