ރައީސް ޔާމީން ނޫންވެރިއަކު ދެން އަންނަ ރިޔާސީ ދައުރެއްގައި ރާއްޖެ ނާންނާނެކަމަށް އެމަނިކުފާންގެ ރަނިން މޭޓޫ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ނޫން ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ރާއްޖޭގައި އިސްލާމް ދީން ނޫން އެެހެން ދީނެއް އޮތުމަށް އެއްވެސް ހުރަހެއް އެޅިދާނެތޯ ޕްރެޒެންޓަރ މިއުވާން ސުވާލު ކުރައްވަން ފެއްޓުވުމުން ޑރ. ޝަހީމް ތަކުރާރުކޮށް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ނޫން ބޭފުޅަކު ވެރިކަމަށް ވަޑައި ނުގަންނަވާނެކަމަށެވެ.
ޝަހީމް އާއި އެސުވާލު ކުރެއްވުމުން ވިދާޅުވީ ރާއްޖެގައި އިސްލާމް ދީން ނޫން އެހެން ދީނެއް އައުމުގެ ފުރުސަތު ބޮޑުކަމަށެވެ. ތަފްސީލު ދެއްވަމުން ޝަހީމް ވިދާޅުވީ މިހާރުވެސް ވެރިކަމަށް އަންނަ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި އެމްޑީޕީން ގެންގުޅޭ އިސްލާމް ދީނާއި ދުރު ސިޔާސަތު ބަދަލު ކުރެއްވިކަން އެޕާޓީން ހާމަކޮށްފައި ނުވާކަމަށެވެ.