Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ސަލާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ

ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ސަލާހު (ސަލާ) ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލާ މިވަގުތު ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ސަލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވާ ހުރަވަޅި ރިސޯޓަށް އޭނާ ދާނެއެވެ.

އެހެން ނަމަވެސް ސަލާ ރާއްޖޭގައި ހޭދަކުރާނީ ކިތައް ދުވަސް ކަމެއް އަދި ސާފެއް ނުވެެއެވެ.