Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އިބޫ އަށް އައްޑޫން ހޫނު މަރުޙަބާއެއް

އައްޑޫ ސިޓީ (13 ޖުލައި) - އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެތައް ސަތޭކަ ބަޔަކު އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އިބޫ އާއި އެކު އައްޑޫއަށް ވަޑައިގެންނެވި ޓީމަށް މަރުޙަބާ ކިޔުމަށް އެތައް ގިނަ އަދަދެއްގެ ރައްޔިތުން އެއާޕޯޓް ސަރަހައްދަށް ޖަމާވެފައިވާއިރު ކުރިން މިވަރަށް މީހުން އައްޑޫ އެއާޕޯޓަށް ޖަމާވެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅުތަކުގައެވެ.

އިބޫ އަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ހާޒިރުވި މީހުންގެ ތެރޭގައި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ޖޭޕީ އަދި ރައީސް މައުމޫނަށް ތާއީދު ކުރާ މީހުން ވެސް ތިއްބެވެ.