Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

އައްޑޫ ރައްޔިތުން ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނާނެ: އިބޫ

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އައްޑޫއަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ. އައްޑޫލައވް ފޮޓޯ

އައްޑޫ ސިޓީގެ ރައްޔިތުން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ނޫނެކޭ ބުނާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އިބޫ މިއަދު އައްޑޫ އަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ގޮސްފައެވެ. އަދި އެމަނިކުފާނުގެ ޓީމާއި އެކުގައި ވެސް ގިނަ އަދަދެއްގެ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފޭދޫ އެމްޑީޕީ އޮފީސް ކައިރީގައި މީޑިޔާތަކާއި ވާހަކަ ދައްކަވަމުން އިބޫ ވަނީ މިއަދު އެމަނިކުފާނަށް އައްޑޫ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިބޫ ވިދާޅުވީ އެކަމުން އެނގިގެން ދިޔައީ، މިރާއްޖެ އޮތް ހާލަތުން އަރައިގަތުމަށް އައްޑޫ ރައްޔިތުން ކެތްމަދުވެފައި ތިބި މަންޒަރު ކަމަށެވެ.

އިބޫގެ އިންޓަވިއުގެ ވީޑިއޯ: