ބޭނުންވާނެ ތަކެތި:
2 ޖޯޑު ކުކުޅު މަސް (ކުދި ކޮށް ކޮށާފަ ލޮނު ކޮޅެއްލައިގެން ފެނު ކައްކާފަ)
ކުޅިރަހަދޭ ވަރަށް ގިތެޔޮ މިރުސްކޮޅެއް
5 ޒައިތޫނި (ފެހި) ކުދި ކޮށް ކޮށާފަ
1 ފިޔާ (ކުދިކޮށް ކޮށާފަ)
1 ފެހި އާފަލު (އޮށްނެގުމަށްފަހު ކުދި ކިޔުބްވާ ގޮތަށް ކޮށާފަ)
3 ފަތް ލެޓިއުސް (ކުދި ކިޔުބްވާ ގޮތަށް ކޮށާފަ)
5 މޭޒުމަތީ ސަމުސާ މަޔޮނައިޒް
1 މޭޒުމަތީ ސަމުސާ މާމުއި
2 ސައިސަމުސާ ލުނބޯ ހުތް
ލޮނު އަދި އަސޭމިރުސް (ރަހަދޭވަރަށް)
ތައްޔާރު ކުރައްވާނެ ގޮތް:
ސަލަޑް ކްރީމް ތައްޔާރުކުރެއްވުމަށް ތައްޓަކަށް މަޔޮނައިޒް، މާމުއި، ލުނބޯހުތް، ލޮނު އަދި އަސޭމިރުސް ރަގަޅަށް މިކްސްކުރައްވާށެވެ. ބާކީ ހުރި ތަކެތި ވަކިން ތައްޓަކަށް އަޅާ ހުރިހާ އެއްޗެއް އެއްކޮށްލައްވާށެވެ. އަދި ކުރިން ތައްޔާރުކުރެއްވި ކްރީމް އޭގެ ތެރެއަށް އެޅުމަށްފަހު ރަގަޅަށް އެއްކޮށްލައްވާށެވެ.
މިއީ ވެސް ތިބޭފުޅުންގެ ސުފުރާ ފަޅުފިލުވާލަން ވަރަށް ރަގަޅު އެއްޗަކަށް ވާނެކަން ޔަގީނެވެ. އިންސާފުކޮށްލައްވާށެވެ.