Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

އިއްތިހާދުގެ ރަނިން މޭޓް ފައިސަލް އައްޑޫގައި

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އިން ފެއްޓެވި ރިޔާސީ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރަނިންމޭޓު، ފައިސަލް ނަސީމް ވެސް މިއަދު ހެނދުނު އައްޑޫ އަށް ވަޑައިގެންފިއެވެ.

ފައިސަލަށް މަރުހަބާ ދެންނެވުމަށް އައްޑޫގެ އެމްޑީޕީ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުން އަދި އެމްޑީޕީ އާއީ ޖުމުހޫރީ ޕާޓީގެ އައްޑޫގެ އިސް އެކްޓިވިސްޓުން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ.

ފައިސަލާއެކު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖޭޕީން ރަނިންމޭޓު ކަމަށް ވާދަކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި ޖޭޕީގެ ކައުންސިލް މެމްބަރު މަލީހް ޖަމާލްވެސް ވަނީ އައްޑުއަށް ވަޑައިގެންފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފައިސަލް، އިބޫއާއެކު މިއަދު ހުޅުމީދޫ އަދި ފުވައްމުލަކަށް ވަޑައިގަންނަވާނެއެވެ. އަދި ދޮރުން ދޮރަށް ރަސްމީ ކެމްޕޭނު މަރަދޫފޭދޫއިން ފަށާއިރު އިބޫއާއި ކެމްޕޭން ޓީމްތަކާއެކު ފައިސަލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.