Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އިބޫ އާއި ފައިސަލަށް މަރުޙަބާ: އިލްޔާސް

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސާލިހް(އިބޫ) އަދި އެބޭފުޅާގެ ރަނިންމޭޓް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިލްޔާސް މަރުޙަބާ ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި އެބޭފުޅާ ވިދާޅުވެފައިވަނީ "ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސާލިޙް އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވަން. ދިވެހި ޤައުމަށް ފާގަތި މުސްތަޤްބަލަކަށް އެދެން. އަދި ދިވެހި ޤައުމަށް އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކޮށް ދެއްވުމަށްވެސް އެދެން" މިފަދައިންނެވެ.

ޝެއިޚް އިލްޔާސް ވަނީ މީގެ ކުރިން ރައީސް ޔާމީން އަދި އެމަނިކުފާނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. ޝަހީމްއަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

އިބޫ އަދި ފައިސަލް މިހާރު ދަނީ އެބޭފުޅުންގެ ކެމްޕެއިން އައްޑޫގައި ކުރައްވަމުންނެވެ. އިއްޔެ އިދިކޮޅު އިއްތިހާދުގެ ވަފުދު އައްޑޫއަށް ވަޑައިގަތުމުން އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.