Last Updated: May 8, 18:18
Wednesday, May 8, 2024
މުނިފޫހިފިލުވުން

ރާހުލް ރޯއި ޕްރޮޑިއުސަރެއްގެ ގޮތުގައި

ހިންދީ ފިލްމް "އާޝިގީ" އިން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ތަރި ރާހުލް ރޯއީ ގިނަ ދުވަސް ތަކަކަށްފަހު އެނބުރި ހިންދީ ސިނަމާ އަށް ޕްރޮޑިއުސަރެއްގެ ގޮތުގައި އަންނަން ނިންމައިފި އެވެ.

ފިލްމް "ވެލްކަމް ޓް ރަޝިޔާ" އުފައްދަން އުޅޭކަން ރާހުލްވަނީ އިއުލާންކޮށްފައެވެ. އޭނާގެ އަމިއްލަ ރާހުލް ރޯއީ ޕްރޮޑަކްޝަން އިން އުފައްދާ މި ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ ވިރެންދުރަ ލަލިތު އެވެ.

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޝާން އަދި ކެއިލާޝްގެ އިތުރުން ބައެއް ލަވަކިޔުންތެރިންގެ މިޔުޒިކް މި ފިލްމުން އިވިގެންދާނެ ކަމަށް ވެއެވެ.މިފިލްމަކީ މުނިފޫހި ފިލުވައިދޭނެ ފިލްމެއް ކަމަށް ރާހުލް ވަނީ ބުނެފައެވެ.

ދެހާސް ބާރަ ވަނަ އަހަރު ނެރުނު ބޯޖްޕޫރީ ފިލްމެއް ކަމަށްވާ "އެލާން"ގެ އުފެއްދުމުގައި ވެސް ރާހުލް، 50، ވަނީ ބައިވެރިވެފައެވެ.

ފިލްމް "އާޝިގީ" އަށްފަހު ރާހުލް ވަނީ ގިނަ ފިލްމްތަކެއް ކުޅެފައެވެ. އެގޮތުން "ޖުނޫން"، ޕިޔާރުކާ ސާޔާ"، ޖާނަމް ފަދަ އެތައް ފިލްމެއް އޭނާ ވަނީ ކުޅެފައެވެ. އަދި އެފަހުން ފިލްމުތަކުން ނުފެނި ގިނަ ދުވަސްތަކެއް ވުމަށްފަހު މިހާރު ފެނިގެން މިދަނީ ފިލްމް އުފެއްދުމުންނެވެ.

މިވަގުތު ރާހުލް ހަރަކާތްތެރިވަނީ ފިލްމް ޑައިރެކްޓަކެއް ކަމަށްވާ ތަންވީރް އަހުމަދުގެ އޮޓޯބަޔޮގްރަފީ ދައްކުވައިދޭ ފިލްމް" ނައިޓް އެންޑް ފޮގް" ގެ ޝޫޓިންގައެވެ.