Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

އައްޑޫ އާ ހޮސްޕިޓަލް މި މަހު ނިމޭނެ: ނާޒިމް

އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަމުން އަންނަ އިރު އެ ޢިމާރާތުގެ ޢަމަލީ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރަހީމް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން އައްޑޫގައި މިހާރު ތިބި ސްޕެޝަލިސްޓުންގެ އިތުރުން ހަތަރު ދާއިރާއަކުން ސްޕެޝަލިސްޓުން ގެނެސް ޚިދުމަތް ފުޅާ ކުރާނެ ކަމަށެވެ.

އެ ހޮސްޕިޓަލްގެ ހެދުމުގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 21 މިލިއަން ޑޮލަރު ކުރެ އެވެ.

މިނިސްޓަރު ވިދާޅުވީ އާ ހޮސްޕިޓަލާއެކު ދެކުނުގެ ސިއްޙީ ނިޒާމަށް ބޮޑެތި ކުރިއެރުންތައް އަންނާނެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ހޮސްިޓަލް ނިންމައި ހުޅުވާނެ އެވެ.