Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

އަބްދުﷲ ސަޢީދުގެ އާއިލާއާ އިބޫ ބައްދަލުކޮށްފި

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަބްދުﷲ ސަޢީދުގެ ގެކޮޅަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް އާއި ރަނިން މޭޓް ފައިސަލް ނަސީމް ޒިޔާރަތްކުރައްވައިފިއެވެ.

އިބޫ އާއި ފައިސަލް އަބްދުﷲ ސަޢީދުގެ ގެކޮޅަށް ވަޑައިގެންނެވީ ހުޅުމީދޫގައި މިހާރު ކުރިއަށް ގެންދަވާ ޑޯޓުޑޯ ކެމްޕެއިންގެ ތެރެއިންނެވެ.

އަބްދުﷲ ސަޢީދުގެ ގެކޮޅަށް ވަޑައިގެން އެމަނިކުފާނުގެ ބައްޕާފުޅާއި އަދި އާއިލާގެ މެންބަރުންނާއި އިބޫ އާއި ފައިސަލް ވަނީ ވާހަކަ ދައްކަވާފައެވެ.

އިބޫ އާއި ފައިސަލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އިދިކޮޅު ކޯލިޝަނުގެ ބައެއް މެންބަރުން ވެސް ވަނީ ވަޑައިގެންފައެވެ.