Last Updated: April 25, 18:52
Thursday, April 25, 2024
ރިޕޯޓް

"މިގެއިން އަބްދުﷲ ސަޢީދު ވެއްދި އެއްޗެއް ފެނޭތޯ؟"

ސުޕްރީމް ކޯޓުގެ ތެރޭގައި ހުންނަވަނިކޮށް ސަލާމާތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު މުހައްމަދު ސައީދު.

އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓާއި ރަނިން މޭޓް ހުޅުމީދޫގައި ދޮރުން ދޮރަށް ހިންގެވުމުގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ ގެކޮޅަށް ވަޑައިގެންނެވުމާއި އެކު އެބޭފުޅުންނަށް މަރުޙަބާ ކިޔާފައި ވަނީ އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅު މުހައްމަދު ސައީދެވެ. އިބޫ އާއި ފައިސަލް އާއި އެކު އެގެއަށް ވަޑައިގެންނެވި ބޭފުޅުންނާއި ސަލާމް ކުރައްވައި ވާހަކަ ދެއްކެވިއެވެ.

ސިޔާސީ މަސްރަޚާއި އުއްތަމަ ފަނޑިޔާރާއި މެދު ސަރުކާރުން އަމަލުކުރާ ގޮތާއި ބެހޭގޮތުން މުހައްމަދު ސައީދު ވާހަކަ ދެއްކެވި އިރު އެ ވާހަކަތައް ދެއްކިއިރު މީޑިޔާގެ ބޭފުޅުން ވެސް އެގޭގައި ތިއްބެވިއެވެ.

އެވާހަކަތައް ނިންމަވާލެއްވުމަށް ފަހު ގޭގެ އުނދޯލީގައި ހުންނަވައިގެން މުހައްމަދު ސައީދު ކުރެއްވީ ސުވާލެކެވެ.

"މިގެއިން އަބްދުﷲ ސަޢީދު ވެއްދެވި އެއްވެސް އެއްޗެއް ފެނޭ ހެއްޔެވެ؟"

މުހައްމަދު ސައީދު މި ސުވާލު ކުރެއްވި އިރު އެގެ އަކީ އާދައިގެ ފެންވަރަށް ހަދާފައި ހުރި ގެއެކެވެ.

މުހައްމަދު ސައީދު މިފަދަ ސުވާލު ކުރިމަތިކުރެއްވި އިރު އޮނަރަބަލް އަބްދުﷲ ސަޢީދު ރިޝްވަތު ނަންގަވައިގެން އަމުރެއް ނެރުއްވި ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ތުހުމަތު ކުރެއެވެ.

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ސައީދު ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ ތެރެއަށް ސިފައިންނާއި ފުލުހުން ވަދެގަތުމަށްފަހު ގަދަބާރުންނެވެ.