އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބުތަކުން ކުޅޭ ޕްރީ ސީޒަން ފްރެންޑްލީތަކުގައި މިއަދު އިނގިރޭސިވިލާތުގެ އެވަޓަން، އޮސްޓްރިއާގެ އާޑްނިން ކޮޅަށް 22 ލަނޑު ޖަހައިފި އެވެ.
އެވަޓަންގެ ކޯޗު ކަމާއި އަލަށް ހަވާލުވި މާކޯ ސިލްވާގެ ފުރަތަމަ މެޗުން ޓީމު މޮޅުވެފައިވަނީ 0-22 ގެ ނަތީޖާއަކުންނެވެ. އެވަޓަންގެ ގޯލުގެ އީދު ފަށާފައިވަނީ މެޗުގެ 4 ވަނަ މިނެޓުގައެވެ. ލެއިޓަން ބެއިންސް ފުރަތަމަ ލަނޑު ޖަހާފައިވާއިރު މިއަދުގެ މެޗުގައި އާސެނަލްގެ ހަތަރު ކުޅުންތެރިން ވަނީ ހެޓްރިކް ހަދާފައެވެ.
އެގޮތުން ކެވިން މިރާލަސް އެކަނި ފަސް ލަނޑު ޖަހާފައިވާއިރު ސެންކް ޓޯސުން އަދި އުމަރު ނިއާސް ވަނީ ކޮންމެ ކުޅުންތެރިޔަކަށް ހަތަރު ލަނޑު ޖަހާފައެވެ. މީގެ އިތުރުން އެޑެމޮލާ ލުކްމޭން ވަނީ ތިން ލަނޑު ޖަހާފައެވެ.
ފުރަތަމަ ހާފު 0-10 އިން ކުރީގައި އޮވެ އެވަޓަން ނިންމާލިއިރު ފަހު ހާފުގައި ގިނަ ބަދަލުތަކެއް މާކޯ ސިލްވާ ގެނައެވެ. އެގޮތުން ފަސް ލަނޑު ޖެހި މިރަލަސް ވެސް ގެނައީ ފަހު ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. މިހާފުގައި އެވަޓަން އިން އިތުރު 12 ލަނޑު ޖެހިއެވެ.