Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އެތްލެޓިކްސްގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒަށް

މެއި 2 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހިތަދޫ ޒޯން ސްޓެޑިއަމްގައި ކުރިއަށް ގެންދިޔަ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ ހުރިހާ އުމުރުފުރައަކުން ޏ. އަތޮޅު ތައުލީމީ މަރުކަޒު އެއް ވަނަ ހޯދައިފި އެވެ.

ޖުމްލަ 9 ސްކޫލަކުން 509 އެތްލީޓުން ވާދަކުރި މުބާރާތުގެ 13 އަހަރުން ދަށާއި، 16 އަދި 19 އަހަރުން ދަށުގެ ޗެމްޕިއަންޓީމަކީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. ދެވަނަ ހޯދީ ޝަރަފުއްދީން ސްކޫލެވެ. އަދި ތިންވަނަ ހޯދީ މާލެއިން ބައިވެރިވި ޔޫތް ޓީމެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ދެވަނަ ސްކޫލަކީ ފުވައް މުލަކު ސްކޫލެވެ. އަދި 3 ވަނަ ސްކޫލަކީ ޝަރަފުއަދީން ސްކޫލެވެ.

16 އަހަރުން ދަށުގެ ބައިން ދެވަނަ ސްކޫލަކީ ޝަރަފުއްދީން ސްކޫލެވެ. އަދި ތިންވަނަ ހޯދީ މާލެއިން ބައިވެރިވި ޔޫތު ޓީމެވެ.

މުބާރާތުގެ ވަނަ ވަނައަށް ދިޔަ އެތްލީޓުންނަށް މެޑަލާއި ތަށި ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޠޮލާލް އާއި އޮނަރަރީ ރައީސް މާލޭ މޭޔަރ މައިޒާން އަލިބެއެވެ.

ކުރިން ގދ. ތިނަދޫގައި ބޭއްވުމަށް ނިންމި މި މުބާރާތް އައްޑޫއަށް ބަދަލު ކޮށްފައިވާ އިރު އައްޑޫގެ 4 ސްކޫލަކާއި ފުވައްމުލަކު 4 ސްކޫލެއްގެ އިތުރުން ގއ. ގެމަނަފުށީ ސްކޫލުން ވަނީ ބައިވެރިވެފައެވެ.