Last Updated: April 20, 11:32
Saturday, April 20, 2024
ދުނިޔެ

އިންސްޓާގްރާމް މޮޑެލްއަކަށް މިޔަރެއް ހަމަލާ ދީފީ

ބަހާމާސްގައި މިޔަރުތަކާއި އެއްކޮށް ފޮޓޯއެއް ނަގަން އުޅެނިކޮށް އިންސްޓަގްރާމް މޮޑެލެއްގެ އަތުގައި މިޔަރު ދަތް އަޅައިފިއެވެ.

އެމެރިކާގެ ކެލިފޯނިއާ އަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޒަރުސްކީގެ އަތުގައި މިޔަރު ދަތްއަޅާފައި ވަނީ، އޭނާ މިޔަރުތަކާއި އެކު މޫދުގައި އޮވެ ފޮޓޯއެއް ނަގަން އުޅެނިކޮށެވެ. އެހެން ނަމަވެސް އޭނާގެ ނަސީބު ރަނގަޅު ކަމުން އަތަށް މާބޮޑު ޒަޚަމެއް ވެފައެއް ނުވެއެވެ.

ޒަރުސްކީގެ ޒަރުސްކީގެ އަތުގައި މިޔަރު ދަތް އެޅިއިރު އޭނާގެ ފޮޓޯތައް ނަގަމުން ދިޔައީ އޭނާގެ ލޯބިވެރިޔާގެ ބައްޕައެވެ.

މިހާދިސާ ހިނގި ސަރަހައްދު ބަލަހައްޓާ ފަރާތުން ބުނެފައިވާ ގޮތުގައި ޒަރުސްކީގެ އަތުގައި މިޔަރު ދަތް އެޅީ އޮޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

ޒަރުސްކީ ބުނިގޮތުގައި، މިޔަރުތަކާއި އެކު ފޮޓޯއެއް ނަގަން ގަސްތުކުރީ އެހެން މީހުން ވެސް އެގޮތަށް ނަގާފައި ހުންނަ ފޮޓޯތައް ފެނިފައި އެއީ ކޫލް ކަމަށް ވާތީ ކަމަށެވެ.