Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

މަރަދޫފޭދޫގައި އެކްސިޑެންޓްވި މީހާގެ ހާލު ރަނގަޅު

ފާއިތުވި ބުދަ ދުވަހު މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމް ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލްއާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓްގައި ބޮލަށް އަނިޔާވި މީހާ މިވަގުތު ބާއްވާފަ އޮތީ ސާޖިކަލް ވޯޑުގައެވެ.

އޭނާގެ ބޮލަށް އަނިޔާ ލިބިފައިވާއިރު ފަރުވާގެ ކަންކަން ކުރިއަށްދާ ކަމަށްވެސް މީޑިއާ އޮފިޝަލް ވަނީ ބުނެފައެވެ.

ފޭދޫއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެން މީހާ އެކްސިޑެންޓްވެފައި ވަނީ އޭނާ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ މަގުގެ އެއްފަރާތުގައި ހުރި ތަނބެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ވިއިރު ސައިކަލުގައި އިނީ އޭނާ އެކަންޏެވެ.