Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ދެވަނަ ޕްލޮޓުގެ ގޯތިތައް ދޫކުރުން ލަސްވަނީ

އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަޅަންވެގެން ސަރުކާރުން ނެގި ގޯތިތަކުގެ ތެރެއިން ދެވަނަ ޕްލޮޓުގެ ގޯތިތައް ދޫކުރުން ސަރުކާރުން ލަސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައި އެ ގޯތިތައް ދޫކުރާނެ ކަމަށެވެ. އެހެން ނަމަވެސް ހަފްތާ ނިމިގެން ދިޔައީ ދެވަނަ ޕްލޮޓުގެ ގޯތިތައް ދޫނުކޮށެވެ.

މިކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުﷲ ޒިޔާދު ވިދާޅުވެފައިވަނީ ދެވަނަ ޕްލޮޓުން ނެގި ގޯތިތައް ދޫނުކުރެވެނީ "އެޑްމިނިސްޓްރޭޓިވް ކަންތައްތައް ނުނިމޭތީ" ކަމަށެވެ.

ޒިޔާދު ވިދާޅުވެފައިވަނީ "އެޑްމިނިސްޓްރޭޓިވް ކަންތައްތައް" ނިންމުމަށްފަހު މިހަފުތާ ތެރޭ ދެވަނަ ޕްލޮޓުގެ ގޯތިތައް ދޫކުރަން ފަށާނެ ކަމަށެވެ.