Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އައްޑޫ ފުލުހުންނަށް ތާޒާވެލުމުގެ ޕްރޮގްރާމެއް ފަށައިފި

ޕޮލިސް އެކަޑަމީން ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޔޫސް އޮފް ފޯސް ރިފްރެޝަ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި އެވެ.

އައްޑޫގައި މަސައްކަތް ކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށް މިއަދު ފެށި މި ޕްރޮގްރާމުގައި، ފުލުހުންނަށް ލިބި ދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމާއި ބެހޭ ޤަވާއިދާއި އަދި ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާއި ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ފުލުހުން ބޭނުން ކުރާ ލީތަލް އަދި ލެސްލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕާ ސްޕްރޭ ބޭނުން ކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލު ކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަ އެވެ.