Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އަމީތުގެ ދެ ސުވާލު ޔާމީނާއި ޝަހީމަށް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމް ޢަލީ ސަޢީދު ޖަވާބު ދެއްވާތޯ ކަމަށް ވިދާޅުވެ ދެ ސުވާލެއް ކުރައްވައިފިއެވެ.

މި ދެ ސުވާލު އަމީތު ކުރައްވާފައިވަނީ އެބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ފުރަތަމަ ސުވާލަކަށް ވިދާޅުވެފައިވަނީ " 12 މަޖިލިސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ ހުރަސްއަޅާތާ އެއް އަހަރު، އިންސާފުތޯ؟" މިފަދައިންނެވެ. އަދި ދެވަނަ ސުވާލުގައިވަނީ "60،000 ރައްޔިތުންގެ އަޑު މަޖިލީހުގެ ތަމްސީލު ނުވާތާ އެއް އަހަރު، އިންސާފުތޯ؟" މިހެންނެވެ.

އިތުރު މައުލޫމާތަށްޓަކާ ކަމަށް ވިދާޅުވެ މި ޓްވީޓްގައި ބައެއް ލިޔުންތައް އަމީތު އެޓޭޖް ކުރައްވާފައިވެއެވެ.

އަމީތު އަކީ ވަރަށް ފާޅުކަންބޮޑު ގޮތަކަށް ރައީސް ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ.

އެގޮތުން ދާދި ފަހުން ވެސް އަމީތު ވަނީ ސިޔާސީ ހަޔާތެއް ބިނާ ކުރެވިދާނެ ކަމަށް ހީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްްޔޫމްގެ އަތްޕުޅުގައި ހިފާނީ ބޮޑު މޮޔައެއް ކަމަށް ވިދާޅުވެފައެވެ.