Last Updated: July 28, 18:24
Tuesday, July 28, 2026
ސިއްހަތު

އެގް ސަލަޑް ސޭންޑްވިޗް

ބޭނުންވާނެ ތަކެތި:

1 ބިސް (ފެނުކެއްކި)
2 މޭޒުމަތީ ސަމުސާ މަޔޮނައިޒް
2 މޭޒުމަތީ ސަމުސާ ޒައިތޫނި (ކުދިކޮށް ކޮށާފަ)
1 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފަ)
ކުޅިރަހަދޭ ވަރަށް ރޯމިރުސް ކޮޅެއް
ލޮނުރަހަދޭ ވަރަށް ލޮނުކޮޅެއް
1 ލެޓިއުސް ފަތް
2 ފޮތި ޕާން (ޓޯސްޓް ކޮށްފަ)

ތައްޔާރު ކުރައްވާނެ ގޮތް:

ބިސް ކުދި ކިއުބްކޮށް ކޮށްޓަވާފަ ފިޔާ، ޒައިތޫނި ، މިރުސް ، މަޔޮނައިޒް އަދި ލޮނު ލެއްވުމަށްފަހު، އުލެއް ބޭނުން ކުރައްވައިގެން ހުރިހާ އެއްޗެއް ރަގަޅަށް މިކްސް ކުރައްވާށެވެ.
އެއަށްފަހު، ޕާން ފޮތި ޓޯސްޓް ކުރެއްވުމަށްފަހު އެއްފޮތި ޕާނުގެ މަތީގައި ލެޓިއުސް ފަތް ބޭއްވުމަށްފަހު އޭގެ މަތީގައި، ތައްޔާރުކުރެއްވި ސަލަޑް ރަގަޅަށް އެތުރުއްވުމަށްފަހު އަނެއް ޕާންފޮތި އޭގެ މަތީގައި ބާއްވާށެވެ.