ފުވައްމުލަކު ސިޓީއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ވަޑައިގެންނެވެމުން ފުވައްމުލައް ސިޓީގެ ފުލުހުން ދެއްކެވި ރީތި ނަމޫނާ އަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ޝުކުރު އަދާކުރައްވައިފިއެވެ.

މަހްލޫފް ޝުކުރު އަދާކުރައްވާފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
Fuahmulah City ge fuluhun dhekkevi reethi namoonaa ah shukuriyyaa.Fuluhunnaai sifainnakee QA aai qaanoonthah dhifaaukuraa,thafaathu kurumehnethi rayyithunge salaamathaa rahkaatherikamah masahkaiykuraa bayakah vaanjehey.Alhugandumenge hithuga evves rulhiverikameh zaatheekamehneiy. pic.twitter.com/HRtGSRpjQn
— Ahmed Mahloof (@AhmedMahloof) July 15, 2018
ޓްވީޓްގައި މަހްލޫފް ވަނީ ފުވައްމުލައް ސިޓީގެ ފުލުހުން ދެއްކެވި ރީތި ނަމޫނާ އަށް ޝުކުރިއްޔާ ވިދާޅުވެފައެވެ. އަދި ފުލުހުންނާއި ސިފައިންނަކީ ގާނޫނު އަސާސީއާއި، ގާނޫނުތައް ދިފާޢު ކުރާ، ތަފާތު ކުރުމެއްނެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެބޭފުޅުންގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ޒާތީކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ފުވައްމުލައް ސިޓީއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ވަޑައިގެންނެވުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެ ޓީމަށް މަރުޙަބާ ކިޔާފައެވެ.