Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

"ބޯހަރުކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ"

ބޯހަރުކަމާއި ނޭއްގާނީކަން ދައްކައިގެން ގައުމަށް ފައިދާ ކުރަނިވި ގޮތަކަށް އެއްވެސް ގައުމެއްގައި ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ހަމަޖެހުމެއް ގެނައުމުގެ އިސް ދައުރެއް ކުޅެންޖެހޭނީ ޔާމީނު ކަމަށް މާރިޔާ ވިދާޅުވެފައިވާ ވާހަކައެއް ދިވެހި އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވަނިކޮށް އެ ޚަބަރު އެޓޭޖްކޮށްފައިވާ މި ޓްވީޓްގައި އެކަމަނާ ވިދާޅުވެފައިވަނީ " ބޯހަރުކަމާއި ނޭއްގާނީކަން ދައްކައިގެން ގައުމަށް ފައިދާ ކުރަނިވި ގޮތަކަށް އެއްވެސް ގައުމެއްގައި ވެރިކަމެއް ނުކުރެވޭނެ. މިއީ ލާމެހިފަވާ ދުނިޔެއެއްކަން ގަބޫލު ކުރަންޖެހޭ" މިހެންނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވަމުންދާ ވަރަކަށް މިފަދަ ޓްވީޓްތައް ދަނީ ގިނަވަމުންނެވެ. ސިޔާސީ ފަރާތްތަކުގެ ނަސޭހަތްތަކާއި، އިރުޝާދުތަކެވެ. ދެކެވަޑައިގަންނަވާ ގޮތްތަކާއި، ކަންތައް ކުރަން ފެނިވަޑައިގަންނަވާ ގޮތްތަކެވެ. ހަޖޫ ޖެއްސެވުމާއި، މަލާމާތުގެ ޓްވީޓްތަކެވެ. އުފާވެރިކަމާއި، ރުޅިވެރިކަމުގެ ޓްވީޓްތައް ވެސް މަދެއް ނޫނެވެ.