ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމް މާދަމާ ތިލަދުންމަތީގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހދ. ނޮޅިވަރަމް އަދި ހދ. ހަނިމާދޫ އަށެވެ. ރައީސް މިދެ ރަށްރަށަށް ވަޑައިގެން ނަރުދަމާގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި ހއ. އަތޮޅުގެ ފަސް ރަށަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އެއީ ހއ. ހޯރަފުއްޓާއި ދިއްދޫ، އިހަވަންދޫ، ކެލާ އަދި ބާރަށެވެ. މިދަތުރުފުޅުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުތައް ރައީސް އިފްތިތާޙް ކުރައްވާނެ އެވެ.
މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހއ. ދިއްދޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.