Last Updated: April 19, 18:16
Friday, April 19, 2024
ކުޅިވަރު

ރޮނާލްޑޯ ޓިއުރިން އަށް

ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ.

އިޓަލީގެ ޔުވެންޓަސް އާއި ރަސްމީކޮށް ގުޅުމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޓިއުރިން އަށް ގޮސްފިއެވެ.

ރޮނާލްޑޯ ޓިއުރިންގެ ކަސެއްލޯ އެއާޕޯޓަށް ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ އާއި އެކުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލުމުގެ ކުރިން މިއަދު އޭނާ މެޑިކަލް ޓެސްޓްތައް ހަދާނެއެވެ.

ރެއާލް މެޑްރިޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުނީ 105 މިލިއަން ޔޫރޯގެ އަގަކަށެވެ. އުމުރުން 33 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުމާއި އެކު އެ ކްލަބްގެ ހިއްސާއެއްގެ އަގު 11 ޕަސެންޓަށް ވަނީ އުފުލިފައެވެ.

ފީފާ ބެލަންޑިއޯ އެވޯޑް 5 ފަހަރު ހޯދާފައިވާ ރޮނާލްޑޯ ޔުވެންޓަސް އާއި ގުޅުމަކީ އިޓަލީގެ ލީގު އިތުރަށް ޕްރޮމޯޓްވާނެ ކަމެއްގެ ގޮތުގައި ވެސް ފުޓްބޯޅަ ތަޖުރިބާކާރުން ފާހަގަކުރެއެވެ.