Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

ޖަރުމަން މީހުން: ޕުޓިން އަށް ވުރެ ޓްރަމްޕް ނުރައްކާ

ޖަރުމަނުވިލާތުގެ ގިނަ ރައްޔިތުންގެ ނަޒަރުގައި ރަޝިޔާގެ ރައީސް ޕުޓިން އަށް ވުރެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ މާ ނުރައްކާތެރި މީހެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިއީ ޖަރުމަނުގެ ދުވަސްވީ ނޫސް އެޖެންސީއެއް ކަމުގައިވާ ޑަޗް ޕްރެސްއެޖެންޓާ (ޑީޕީއޭ) އިން އިނގިރޭސިވިލާތުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރި ދިރާސާއެކެވެ.

މި ދިރާސާގެ ބައިވެރިންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ ސިޔާސަތު ތަކުގެ ސަބަބުން ދުނިޔޭގެ ސުލްޙައަށް އޮތް ބިރެއް ކަމަށެވެ. ރަޝިޔާގެ ރައީސްގެ ސިޔާސަތުތަކުގެ ސަބަބުން ސުލްޙައަށް ނުރައްކާވެފައިވާ ކަމަށް ޤަބޫލްކޮށްފައިވަނީ ދިރާސާގެ ބައިވެރިންގެ ތެރެއިން އެންމެ 16 ޕަސެންޓް މީހުންނެވެ.

ޖަރުމަނުގެ ގިނަ ރައްޔިތުންގެ ނަޒަރުގައި ޓްރަމްޕް އަށް ވުރެ ބާރުގަދަ ލީޑަރަކީ ވެސް ޕުޓިން އެވެ. އަދި މީގެ އިތުރުން ޖަރުމަނުގެ ގިނަ ބަޔަކު ވަނީ ޕުޓިންގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ކަމަށް ވެސް ބުނެފައެވެ.