Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އީޔޫން އަހަނީ އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު: ޝައިނީ

ފިޝަރީޒް މިނިސްޓަރ ޝައިނީ، ފޮޓޯ: ސަން

ވިލާތުގެ އިއްތިހާދު (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަނީ އިދިކޮޅު ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތައް އަޑު އަހައިގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް ޝައިނީ ވިދާޅުވީ އީޔޫން އަޑު އަހަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ނައިބް ރައީސް ޑރ. ޖަމީލްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ނަސީމް އެ ގައުމުތަކަށް ވަޑައިގެން ދައްކާ ވާހަކަ ތައް ކަަމަށެވެ. ޝައިނީ ވިދާޅުވީ އެއީ ރާއްޖޭގެ ކުރީގެ ރައީސުން ކަން ކުރައްވައި އަދި ސަރުކާރުގެ އިސް މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން ކަމުން އެބޭފުޅުންގެ އަޑު އައްސަވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ އީޔޫ އަށް މި ބޭފުޅުން ވިސްނާ ދީފައި ވަނީ އިންތިހާބު ނުބާއްވާނެކަމުގެ ތަސައްވުރެއް ކަަމަށެވެ.

ނަމަވެސް ސަރުކާރުން އެތަސައްވުރު އީޔޫ އަށް ސާފުކޮށް ދީފައިވާ ކަމަށާއި މިހާރު ވެސް މަޝްވަރާ އަށް އައުމަށް ދައުވަތު ދޭ ކަމަށެވެ.

އީޔޫން ރާއްޖޭގެ މިހާރުގެ ސަރުކާރުގެ އިސް ބައެއް ވެރިންނާ މެދު ފިޔަވަޅު އެޅުމަށް އެޖެންޑާ ކުރެވިފައި ވަނީ މިއަދަށެވެ. ނަމަވެސް އީޔޫން އަޅަނީ ކޮން ފިޔަވަޅުތަކެއް ކަމެއް ސާފެއް ނުވެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް ވެރިންނަށް އަޅައިފާނެ އެވެ.