Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

ޝްރެޔާސް ދެން ފެނިގެން ދާނީ ބައްޕައެއްގެ ރޯލުން

އެންމެ ފަހުން "ގޯލްމާލް އެގެއިން" އިން ފެނިގެން ދިޔަ ހިންދީ ފިލްމީ ތަރި ޝްރެޔާސް ތަލްޕަޅޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމް "ދޯ ތީން ޕާންޗް" އިން ތިން ކުދިންގެ ބައްޕައެއްގެ ރޯލުންނެވެ.

މި ފިލްމުން ފެނިގެންދާނީ 3 ކުދިންނާއި އެކީ ދިރިއުޅެމުންދާ ދެމަފިރިއަކަށް އެކުދިން ބެލެހެއްޓުަމުގައި ދިމާވާ ތަފާތު މައްސަލަތަކެވެ. ޝްރެޔާސް ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ކަމުދާނެ ރޯލަކަށް ވެގެންދާނެއެވެ. އެއީ ޒަމާނީ ސްޓައިލަކަށް ދިރިއުޅެމުންދާ ދެމަފިރިއަކު އެ ދިރިއުޅުމުގައި ތިން ކުދިން ބަލަހައްޓަން ކުރާ މަސައްކަތް ދައްކުވައިދޭ މަންޒަރު ތަކަކީ ގިނަބަޔަކަށް ކަމުދާނެ މަންޒަރު ތަކަކަށް ވާނެތީއެވެ.

ޝްރެޔާސް، 42، އާ އެކު މި ފިލްމުގައި އަންހެން ތަރިއެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ބިދިިތާ ބޭގްއެވެ.

ބިދިތާ ބޭގް

ޝްރެޔާސްގެ މި ފިލްމުގައިވެސް އޭނާގެ އެހެން ފިލްމްތަކެކޭ އެއްގޮތަށް ހެއްވާ މަޖާ މަންޒަރު އެކުވެލިގެންވާނެ ކަމަށް ވެއެވެ. މިއީ ގިނަ ބަޔަކު މި ފިލްމް ބެލުމަށް ޝައުގުވެރިވާނެ ސަބަބެއް ކަމަށް ވާނެއެވެ.

ފިލްމުގައި އޭނާ ކުޅޭ ރޯލާއިބެހޭ ގޮތުން ބުނެފައިވަނީ މި ފިލްމްގައި އޭނާ އަކީ ކޮންސްޓްރަކްޝަން ފާމްއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާގެ އަނބިމީހާ ދެކެ އިންތިހާއަށް ލޯބިވާ އޭނާ އުފަލުގައި ބެހެއްޓުމަށް ކޮންމެ ފަދަ ކަމެއް ކުރަންވެސް ތައްޔާރަށް ހުންނަ ފިރިއެއްގެ ރޯލު ކަމަށެވެ.

ޝްރެޔާސް އާއިއެކު މި ފިލްމުގައި އަންހެން ތަރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ބިދިިތާ ބޭގްއެވެ.

މި ފިލްމުގެ މަންޒަރުތައް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ދިއްލީ އަދި ނޮއިޑާގައެވެ.