Last Updated: April 20, 11:47
Saturday, April 20, 2024
ރިޕޯޓް

ކާލަމާ: މާމުއި އަލުވި

* ބޭނުންވާ ތަކެތި:

1/2 އަލުވި (ހަތަރު ފަޅިއަށް ފަޅާފައި)
2 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ބަޓަރު (ދިޔާކޮށްފައި)
1 މޭޒުމަތީ ސަމުސާ މާމުއި
1 ސައިސަމުސާ މަސްޓަރޑް
ލޮނު ކޮޅެއް
އަސޭމިރުސް ކޮޅެއް

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކަމަކަށް އަވަން 190 ޑިގްރީއަށް ހޫނު ކުރާށެވެ. އެއަށް ފަހު ބޭކިން ޑިޝްއެއްގައި ތެޔޮ އުނގުޅައިލުމަށް ފަހު އަލުވިތައް އެ ޑިޝްގައި އަތުރާލާށެވެ. ދެން އޭގެ މައްޗަށް ފިޔާކޮޅު އަޅައިލާށެވެ.

ކުޑަ ބޯތަށްޓެއްގައި ބަޓަރު، މަސްޓަޑް، ލޮނު އަދި އަސޭމިރުސް އެއްކުރުމަށް ފަހު، އަލުވި އަދި ފިޔާތަކުގެ މައްޗަށް ބުރުވާލާށެވެ.

އެއަށް ފަހު އަވަނަށް ލައި 35 ވަރަަކަށް މިނެޓު ވަންދެން ފިހެލާށެވެ.