Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

"އުންމީދަކީ ވަގުތު އޮއްވައި ކަންކަން އިސްލާހު ކުރުން"

އުއްމީދަކީ ވަގުތު އޮއްވާ ކަންކަން އިސްލާހްކޮށް، ދިމާވެފައިވާ މައްސަލަތަކަށް އަލިމަގެއް ހޯދާ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގު ކޮށިގެންދިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިއަދު މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ " ޔާމީންގެ ސަބަބުން ވަކި ފަރުދުންތަކެއްގެ މައްޗަށް އެކަނި ނަމަވެސް ފިޔަވަޅު އެޅިގެން ދިޔުމަކީ ވަރަށް ދެރަ އަދި ލަދުވެތިކަމެއް. އަޅުގަނޑުގެ އުއްމީދަކީ ވަގުތު އޮއްވާ ކަންކަން އިސްލާހްކޮށް، ދިމާވެފައިވާ މައްސަލަތަކަށް އަލިމަގެއް ހޯދާ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގު ކޮށިގެންދިޔުން" މިހެންނެވެ.

މަހްލޫފްގެ މި ޓްވީޓް އަމާޒުކޮށްފައި މިވަނީ މިއަދު ރާއްޖޭގެ ބައެއް ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އީޔޫ އިން ނިންމާފައިވާތީ އެކަމަށް އިޝާރާތްކޮށް ކަމަށް ބެލެވެއެވެ.

ރާއްޖެއާއިމެދު އީޔޫ އިން ފިޔަވަޅު އަޅަން އުޅުމުން އެކަމާއި ގުޅިގެން އެންމެ ގިނައިން ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާތަން ފެންނަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއެވެ.

އެގޮތުން ވިލާތުގެ އިއްތިހާދު (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަނީ އިދިކޮޅު ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތައް އަޑު އަހައިގެން ކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.