Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އިބޫ އާއި ފައިސަލް އައްޑޫން ފުރާވަޑައިގެންފި

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމު އެބޭފުޅުންގެ ކެމްޕޭން ފުރަތަމަ ދަތުރުފުޅުގައި އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށްފަހު ދަތުރުފުޅު ނިންމަވާލައްވާ މިއަދު އައްޑޫން ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އިބޫ އައްޑޫއަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހަވީރުއެވެ. އަދި ފައިސަލް އައްޑޫއަށް ވަޑައިގެން ކެމްޕެއިން ޓީމާއި ގުޅިވަޑައިގަތީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ.

އައްޑޫ އަދި ފުވައްމުލަކުން ވަނީ މި ދެބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ އެމީހުންގެ އަޑު ވަރަށް ގާތުން މި ޓީމުން ވަނީ އައްސަވާފައެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ކޮށްދެއްވާނެ ކަންތަކަށް މި ބޭފުޅުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

ފުވައްމުލަކުން އެނބުރި އައްޑޫއަށް ވަޑައިގެން އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމު ރޭ ވަނީ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވާފައެވެ.

އިބޫގެ ކެމްޕޭން ޓީމް އައްޑޫއިން ފުރާވަޑައިގަތީ މިއަދު ހެނދުނުގެ ފްލައިޓުންނެވެ.