Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އިބޫ ކުއްލި ދަތުރުފުޅެއްްގައި ރާއްޖޭން ބޭރަށް

އައްޑޫ ސިޓީ (13 ޖުލައި) - އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި

ގުޅިވައިފާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕެއިން ދަތުރުފުޅުތައް ފަސްކުރެއްްވުމަށްފަހު ކުއްލި ގޮތަކަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

އައްޑޫ އާއި ފުވައްމުލަކަށް ހަފްތާ ބަންދުގައި ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެން ވެލަނާ އިންޓަނޭޝަނަލް އެެއަޕޯޓުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވިދާޅުވީ ދެން ކެމްޕެއިން ދަތުރުތައް ފައްޓަވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.

އިބޫ ރާއްޖެއިން ބޭރަށް ކުރައްވަނީ އަމިއްލަ ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ތަފްސީލެއް އިބޫ ހާމަ ކުރައްވާފައި ނުވެއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކަށް އިބޫ ކުރެއްވި ދަތުރުފުޅުގައި ހޮނިހިރު ދުވަހު ހެނދުނު އިއްތިހާދިުގެ ރަނިންމޭޓު ފައިސަލް ނަސީމް ވަނީ އިބޫ އާއި އެކު ހުޅުމީދޫ އަދި ފުވައްމުލައް އަދި އެނބުރި އައްޑޫއަށް ވަޑައިގެން ހިތަދޫ، ފޭދޫ، އަދި މަރަދޫގައި ދޮރުން ދޮރަށް ހިންގަވާފައެވެ.

އިބު އާއި ޑެލިގޭޝަނަށް އައްޑޫ/ ފުވައްމުލަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.