Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އިކޮނޮމިކްގެ ހަ ވަނަ ނައިބަކަށް ސިޔާޒު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަޤާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވާފައި ވަނީ ޅ.ނައިފަރު، ނަސީމާމަންޒިލް އަލްއުސްތާޛް ޢަބްދުﷲ ސިޔާޒް ކަމަށެވެ.

ޢަބްދުﷲ ސިޔާޒް ކުރިން ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަޤާމުގައެވެ. މީގެ އިތުރުން އޭނާއަކީ ނެޝަނަލް ޓޮބޭކޯ ކޮންޓްރޯލް ބޯޑްގެ މެމްބަރެއްވެސް މެއެވެ.

ސިޔާޒް އާއެކު މިހާރު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ތިއްބަވަނީ ހަ ބޭފުޅެކެވެ.