Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަސް ފެކްޓްރީން ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފި

ސ. ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވައްކަން ކޮށްފައިވާކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް، ޖުލައި 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށެވެ.

ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިދެމީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސިލިކޯން ޓިއުބް ފޮށި ހޯދައި ވެރިފަރާތާއި މިހާރުވަނީ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ. ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.