Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

"ބޮލަށް ވެއްޓިދާނެތީ ސިޓީ ސްކެއާގެ ދިދަ ދަނޑި ނަގަނީ"

ސްޓޭޓް ސްކެއާގެ ދިދަ ދަނޑި ނެގުމުގެ މަސައްކަތް ކުރާ ސަރަހައްދުގައި ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ހަރަކާތްތެރިވަނީ

ސަތާރަ ވަނަ ސާކް ސަމިޓާ ދިމާކޮށް ހިތަދޫ ސިޓީ ސްކެއާގައި ޖެހި ދިދަ ދަނޑި އެތައް ދުވަހެއްގެ ފަހުން "ބޮލަށް ވެއްޓިދާނެ "ކަމަށް ބުނެ ހައުސިން މިނިސްޓްރީން ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ އެގްރެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު (އަބްހަރީ ޒުހައިރު) މިއަދު ވިދާޅުވީ ދިދަ ދަނޑި ނަގަނީ އެދަނޑި ހަރުކުރުމަށް ޖަހާފައިވާ ބޯލްޓު ދަބަރު ޖަހައި ފީވެފައިވާތީ މީހެއްގެ ބޮލަށް ވެއްޓި އަނިޔާއެއް ވެދާނެކަމަށް ފެންނާތީ އެދަނޑި ނަގަނީ ކަމަށެވެ.

އޭނާ ވިދާޅުވީ ދިދަ ދަނޑި ނެގުމަށް ފަހު އެތަނުގައި ޕާކެއް ތަރައްްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކެރޭނާއި ބައެއް ވެހިކަލް ބޭނުންކޮށްގެން ދިދަ ދަނޑި ނެގުމުގެ މަސައްކަތް އިރު އޮއްސުނު ވަގުތު ފަށައިގެން ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުވަނީ އެތަނަށް ގޮސް ހިތް ހަމަނުޖެހުން ފާޅުކޮށްފަ އެވެ.


ދިދަ ދަނޑި ނަގާތީ ސޯޝަލް މީޑިއާގައި ބައެއް ފަރާްތްކުން ދަނީ ހިތް ހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެގޮތުން ހިޔާލުފާޅު ކުރި ބައެއް ފަރާތްތަކުން ވަނީ ފޭދޫ އާއި ގަމާއި ގުޅޭ ކޯޒްވޭ ކައިރީ ސާކް ސަމިޓަށް ބެހެއްޓި އައްޑޫ ރަމްޒުކޮށްދޭ "ދޮންދީނި" މޮނިއުމެންޓު މަރާމާތަށްކަމަށް ބުނެ ނެގިގޮތަށް ހަލާކުކޮށްލާފައިވާކަން ފާހަގަ ކޮށްފައެވެ.