ރިސޯޓުތަކުގައި ތިބި އެތައް ހާސް ދިވެހި ރައްޔިތުންގެ ވޯޓުލުމުގެ ހައްގު އިލެކްޝަން ކަމިޝަނަށް ނަގާ ނުލެވޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި އެންމެ 7 ރިސޯޓުގައި ބެހެއްޓުމަށް އިލެކްޝަން ކަމިޝަނުން ނިންމުމާއިި ގުޅިގެން ރޮޒޭ ވިދާޅުވީ 200 މީހުން ހަމަ ނުވާ ރަށްތަކުގައިވެސް އިލެކްޝަނުން ވޯޓު ފޮށި ބަހައްޓަމުން އަންނަ އިރު އެތައް ހާސް ބަޔަކު ވަޒީފާ އަދާ ކުރަމުންދާ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓެން ޖެހޭނެކަމަށެވެ.
Resort thakugathibi ethah haas dhivehinge vote lumuge haqqu @ElectionsMv akah nagaeh nuleveyne. 200meehun hamanuva rahrashuga ves vote foshi hurey. Veema resort thakuga ves behetten jeheyne. Kureega thibi commisioners ah mikan vi. Mihaaru thibi meehunnah nuvanya isthiufa dhevva! pic.twitter.com/z3lJ5ekHsR
— ?? ??????? ???? ? (@Roxeyna) July 16, 2018
ރޮޒޭ ވިދާޅުވީ ވޯޓު އޮޅުވާލައި، ގިނަ ރައްޔިތުންނަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ނުކުރެވޭނެކަމަށެވެ. އަދި މީގެ ކުރިން ކޮމިޝަނުގައި ތިއްބެވި ބޭފުޅުން ރިސޯޓުތަކުގައި ފޮށި ބެހެއްޓި ކަމަށާއި މިހާރުގެ ކަމިޝަނަށް އެކަން ނުކުރެވޭނަމަ އިސްތިއުފާ ދިނުމަށް ރޮޒޭ ވަނީ ގޮވާލާފައެވެ.
ރޮޒޭ މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ރިސޯޓުތަކުގައި ތިބި ރައްޔިތުން ވޯޓު ލުމުގެ ހައްގު ނިގުޅަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަމުން އަންނަ ކަމަށެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން އިއްލާން ކޮށްފައިވާ އިރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ.