Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޒުހައިރުގެ ގޭގެ ބިއްލޫރިތައް އަނެއްކާ ވެސް ތަޅާލައިފި

އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ހުންނަވާ، ހައުސިން މިނިސްޓްރީގެ އެގެޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހެއިރު(އަބުހަރީ) ދިރިއުޅުއްވާ، ސ.ހިތަދޫ ލިލަކު ގެއަށް ރޭ ދަންވަރު ބަޔަކު ގެއްލުންތަކެއް ދީފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ދަންވަރުގެ ވަގުތެއްގައި އެގޭގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރި ވަނީ ތަޅާލާފައެވެ.

މި ހާދިސާގައި އެގޭގައި ދިރިއުޅޭ މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

މިއީ މިފަދަ ހަމަލާއެއް ޒުހައިރުގެ ގެއަށް އަމާޒުވި ދެވަނަ ފަހަރެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އެގޭގެ ކުޑަދޮރުތަކުގެ ބިއްލޫރި ތަޅާލައި ވަނީ ގެއްލުންތަކެއް ދީފައެވެ. އެ ހާދިސާ ހިނގި އިރު ޒުހައިރު ހުރީ ފެނަކަ އައްޑޫ ޑިޕާޓްމަންޓުގެ އިސްވެރިޔަކަށެވެ.

ރޭ ދަންވަރު ހިނގި މިހާދިސާ އާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.