Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

މަހްލޫފް އެ ބުނާ ގޮތަށް ވެސް ވެދާނެ

މި ރިޔާސީ އިންތިޚާބުގައި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓު ލައިދޭނީ އާއިލާގެ މެމްބަރެއް ނޫން ކަމަށާއި، ވޯޓުލާ މަރުކަޒުގައި ހުންނަ އެންމެ އިސް އޮފިޝަލް ނިންމާ މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ " މި ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އެހީތެރިކަން ބޭނުންވާ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ އެތައް ހާސް ރައްޔިތުންނަށް ވޯޓު ލާދޭނީ އާއިލާގެ މެމްބަރެއް ނޫން. ވޯޓުލާ މަރުކަޒުގައި ހުންނަ އެންމެ އިސް އޮފިޝަލް ނިންމާ މީހެއް" މިހެންނެވެ.

މިގޮތަށް ކަންތައް ހަމަޖެހިފައިވާ ކަމަށް މަހްލޫފް ވިދާޅުވެފައިވާ އިރު، މިއީ ގިނަ ބަޔަކަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެއްވެސް މީހަކު އެމީހެއްގެ ސިއްރު ވޯޓު ގާތް މީހަކު ނޫން އެހެން މީހަކު އަޅާކަށް ނޭދޭނެއެވެ. ލޯ އަނދިރިމީހާއަށް މިފަދަ ގޮތަކަށް ކަންތައް ވެއްޖެނަމަ ފާހަގަ ޖަހާނީ އެމީހާ ބުނާ މީހެއްގެ ކަމާއިމެދު އޮންނާނީ ކޮން ޔަގީންކަމެއްބާއެވެ؟

މިއީ ހަގީގަތް ކަމަށްވާނަމަ ވޯޓުލާ ދުވަހަކު ގިނަ މައްސަލަތަކެއް ފެންމަތިވާނެ ކަން ޔަގީނެވެ.