ރިސޯޓްތަކުގައި މަސައްކަތް ކުރާ 27،837 މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ރާވައިގެން ސަރުކާރަށް މި އިންތިޚާބު ކާމިޔާބު ކޮށްދޭން އިލެކްޝަނުން އުޅުއްވާ ކަމަށް ތުހުމަތު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.
މިފަދައިން އެކަމަނާ ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރޮޒެއިނާ ވިދާޅުވެފައިވަނީ "120 ރިސޯޓްގައި މަސައްކަތްކުރާ 27837 މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ރާވައިގެން ސަރުކާރަށް މި އިންތިޚާބު ކާމިޔާބު ކޮށްދޭންތޯ އިލެކްޝަނުން ތި ރާވަނީ؟ ޔާމީން އަބްދުލްގައްޔޫމަށް ވޯޓުލާ މީހުން ނޫން ބަޔަކަށް ވޯޓެއް ނުލެވޭނެއޭ ވިދާޅުވާންވީ ނޫންތޯ؟" މިހެންނެވެ.
120 Resort ga masakkaiykura 27837 meehunnah vote nulevey gothah raavaigen sarukaarah mi election kaamiyaabu kohdheyn tho @ElectionsMv in thiraavanee? YAG ah vote laa meehun noonbayakah vote eh nuleveyney vidhaalhuvaanvee noontho? #RiyaaseeInthikhaab2018 https://t.co/jO9Gq8aQ4y
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) July 17, 2018
ރިސޯޓްތަކުގައި ވޯޓުފޮށިތައް ބަހައްޓާ އަދަދަކީ 7 ކަމަށް އިލެކްޝަނުން ވިދާޅުވުމާއި ގުޅިގެން އެ ކޮމިޝަނަށް ވަނީ ފާޑުކިޔުންތައް އަމާޒުވާން ފަށާފައެވެ.
އެ އޮތުން އެ ނިންމުން ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ގޮވާލާފައެވެ.