Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

އިންޑިއާގެ ބަތަލާ ރީޓާ ބަދްރީ މަރުވެއްޖެ

ވަރަށް ގިނަ ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ ދުވަސްވީ ބަތަލާ ރީޓާ ބަރްދީ މިއަދު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 62 އަހަރުގެ ބަތަލާ މަރުވީ ކިޑްނީގެ ބައްޔަކަށް ޑައިލިސިސް ހަދަމުންތާ ދުވަސްތަކެއް ފަހުން ވަރަށް ބޮޑަށް ބަލިވެ އުޅުމަށް ފަހު އެވެ. އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ދެ ފިރިގެން ދަރިން ތިބި ރީޓާގެ ޖަނާޒާ މިއަދު މެންދުރު މުމްބާއީގެ އަނދޭރީގައި އޮންނާނެ އެވެ.

"ކުމްކުމް" ފަދަ ސިލްސިލާތަކުގައި މާމައެއްގެ ރޯލް ކުޅެފައިވާ ރީޓާ އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ބާރަތުން ދައްކާ "ނިމްކީ މުކިޔާ" އިންނެވެ.

އޭނާ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ބަހޫ" ހިމެނެ އެވެ. ރީޓާ ކުޅުނު ފިލްމްތަކުގެ ތެރޭގައި "ހީރޯ ނަމްބަރު 1" ފާހަގަކޮށްލެވެ އެވެ.