Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ވިލިނގިލި ކިލަނބުކޮށްލަން ބަޔަކު އެބައުޅޭ: ސައުދު

ވިލިނގިލީގެ އަމާން އެކުވެރި މާހައުލު ކިލަނބު ކުރުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ވިލިނގިލީގައި ޖަހާފައިހުރި ސައުދުގެ ޕޯސްޓަރުތަކެއް ވީދާ ހަލާކު ކޮށްފައި ހުރި މަންޒަރުތަކެއް ދައްކުވައިދޭ ފޮޓޯ ތަކެއް އޭނާގެ ޓްވިޓާގައި ހިއްސާކުރަމުން ސައުދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ވިލިނގިލީގެ އަމާން އެކުވެރި މާހައުލު ކިލަނބު ކުރުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުން ކަމަށް ސައުދު ވަނީ ތުހުމަތު ކުރައްވާފައެވެ. އެ ފޮޓޯ ތަކަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވަނީ އެ ފެންނަނީ ޑީ ފެކްޝަން ކެމްޕޭން ޓީމްގެ ވިސްނުމާއި ފިކުރު ކަމުގައެވެ. އިތުރަށް ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިލިނގިއްޔަށް ވަޑައިގަންނަވާތީ އެބޭފުޅާ އެންމެ އުފާވާނެ ކަމެއް ކަމަށް ވީ އެ ޕޯސްޓަރުތައް ހަލާކު ކޮށްލުން ކަމުގައެވެ.

ކެމްޕޭން ޓީމްތަކުގެ ދަތުރުތައް އެކި ހިސާބުތަކަށް ވަނީ ފަށާފައެވެ. ރިޔާސީ ރޭހުން ކާމިޔާބު ހޯދުމަށްޓަކާ ކުރެވޭ ކެމްޕޭނުގެ ތެރެއިން އެދެވިގެންނުވާ ކަންތައް ބައެއް ފަރާތްތަކުން ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.