Last Updated: July 1, 14:02
Wednesday, July 1, 2026
ކުޅިވަރު

ފާހަގަ ކުރެވުނު އެތުލީޓުން މާލެ ގެންދަނީ!

އެތްލެޓިކްސް އިން ފާހަގަ ކުރެވުނު އެތުލީޓިން މާލެ ގެންދަން އެސޯސިއޭޝަނުން ވަނީ ވިސްނާފައި. ފޮޓޯ/ ޝަރަފް

އިއްޔެ ހަވީރު ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި ނިމުނު ޖޫނިއާރ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ފާހަގަ ކުރެވުނު ރަނގަޅު އެތްލީޓުން މާލެ ގެންގޮސް އިތުރު ޕްރެކްޓިސް ދިނުމަށް ވިސްނާފައިވާ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

މަކިޓާ ހަތް ވަނަ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޠޮލާލް (ޠޮލާ) ވިދާޅުވީ މި މުބާރާތުން މޮޅު އެތްލީޓުން ފެނިގެން ދިޔަ ކަމަށާއި އޭގެ ތެރެއިން ބައެއް އެތްލީޓުން މާލެ ގެންގޮސް އިތުރު ޕްރެކްޓިސް ދިނުމަށް އެސޯސިއޭޝަނުން ވިސްނާފައިވާ ކަމަށެވެ.

ޠޮލާ ވިދާޅުވީ އެގޮތަށް ގެންދާ ކުދިން މާލެ ސްކޫލަކަށް ބަދަލުކުރެވޭނެ އިންތިޒާމު އެސޮސިއޭޝަނުން ހަމަޖައްސާނެކަމަށެވެ. އަދި އެކުދިންގެ ކަންކަން ސިދާ ބަލަހައްޓާނީ އެސޯސިއޭޝަނުން ކަމަށް ވެސް ޠޮލާ ވިދާޅުވި އެވެ.

ހިތަދޫގައި އިއްޔެ ނިގެން ދިޔަ އެތްލެޓިކްސް މުބާރާތުން ފާހަނގަކޮށްލެވޭ ކުދިން މާލެ ގެންދަން ވިސްނާއިރު އެކުދިން ތައްޔާރު ކުރަނީ އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތަކަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޠޮލާ ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަސް ނިމުމުން ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އެތްލެޓިކްސް ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.