Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ، ސަމާލުވޭ!

ފޯނުކޮށް ތަފާތު ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން މީހުންގެ ކޭޝްކާޑު މައުލޫމާތު ހޯދައި ފައިސާ ނަގަމުންދާ މައްސަލަ ހައްލު ކުރުމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޮޑު ކެމްޕެއިނެއް ފަށައިފިއެވެ.

ބޭންކުން ކަސްޓަމަރުން ހޭލުންތެރިކުރުމަށް މަސައްކަތް ބޮޑު ކެމްޕެއިންއެއްގެ ގޮތުގައި ފެށީ ފަހަކަށް އައިސް ކާޑް މައުލޫމާތު ހޯދުމަށް ބޭންކުގެ ނަމުގައި އެސްއެމްއެސްކޮށް ފަހުން އެފަރާތްތަކަށް ގުޅައި ކާޑް ނަންބަރާއި، ކާޑް މުއްދަތު ހަމަވާ ތާރީހާއި އެފަދަ މައުލޫމާތު ހޯދައި ގިނަ ބަޔަކަށް ލަނޑު ދިނުން އިތުރުވުމާއި ގުޅިގެން އެކަން ކަސްޓަމުންގެ ސަމާލުކަމަށް ގެނައުމަށެވެ.

"ސަމާލުވޭ، ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކް އޮފް މޯލްޑިސް އިން ނުގުޅާނެ" މި ނަމުގައި މިހާރު ބޭންކުން ކުރިއަށްގެންދާ ކެމްޕޭނުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ބީއެމްއެލް އިން މަސައްކަތް ފަށާފައިވާ އިރު މި މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހެއެވެ.

ބޭންކުގެ އޮފިޝަލަކު ބުނީ ބޭންކުން މޮބައިލް ނަމްބަރަކުން ގުޅައި ނުވަތަ އީ-މެއިލް އަކުން ކާޑާއި އެކައުންޓުގެ މައުލޫމާތެއް ނާހާނެ ކަމަށާއި އެމައުލޫމާތު ބޭންކުގައި ހުންނާނެކަމަށެވެ. އަދި މިކަމަކީ 2015 ވަނަ އަހަރުން ފެށިގެން އާއްމުންގެ ސަމާލުކަމަށް މިކަން ގެނެސް ދިނުމަށް ތަފާތު ފަހަރު މަތިން މައުލޫމާތު ހިއްސާ ކޮށްފައިވާނެކަމަށެވެ.