Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

"އަޅުގަނޑު އައީ ދެކެން ބޭނުންވާ ސޫރަ ޖެއްސޭތޯ"

ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަކޮށްދީ އެމަނިކުފާނު ދެކެން ބޭނުންވާ ސޫރަ ރާއްޖޭގައި ޖެއްސޭތޯ މެނިފެސްްޓޯ އަކާއި އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންގައި އެރަށުގެ ރައްޔިތުންނާއި މުހާޠަބުކޮށް ރައީސް ޔާމީން ވިދާޅުވީ 2013 ގެ އިންތިހާބުގައި އެމަނިކުފާން ދެއްކެވީ ސިޔާސީ ވާހަކަތަކެއް ނޫންކަމަށާއި އެއީ އެމަނިކުފާން ރާއްޖެ ދެކެން ބޭނުންވާ ސިފަ ޖެއްސުމަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެތަސައްވުރުގެ ތެރެއިން ހިނގަމުން ގޮސް ފާއިތުވި ހަތަރު ނިމުނު އިރު އޭގައި ހިމެނުނު ގިނަކަން ހުރީ ނިމިފައި ކަމަށެވެ.

ނޮޅިވަރަން އަކީ އުތުރުގެ ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ވެފައި ފާއިތުވެ ދިޔަ ސަރުކާރުތަކުން ނޮޅިވަރަންއަށް ހަރަދުކޮށްފައިވަނީ އެންމެ 7 މިލިއަން ރުފިޔާ ކަމަށާއި މިއަދު އެރަށަށް މި ސަރުކާރުން ފާއިތުވި ހަތަރު އަހަރު ތެރޭ 115 މިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެހެން ކަމުން ރައްޔިތުން ބޭނުންވަނީ ސިޔާސީ ކަންކަންތޯ ތަރައްޤީތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ނޭދޭ ހެވެއް ރާއްޖޭން ބޭރު މީހުން ރާއްޖެއަކަސް ނޭދޭކަމަށެވެ. އެގޮތުން މި ރަށުގެ ނަރުދަމާ އަޅަން ދޭން ޖެހޭ ކުންފުނި ބުނަން ޖެހެނީ ބޭރު ގައުމަކުން ނޫންކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން އުޅެނީ ވައިގަދަ ދުވަހެއްގައި ނޭރަށް ނިކުތުންވާ ގޮތަށް "ހީބިހި ނެގުމުންވާ ކަހަލަ އިހްސާސެއް" ކުރެވިގެން ކަމަށެވެ.