Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ގަން އެވޯޑަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

އައްޑޫ ގަމުގެ އެކިއެކި ވަޒީފާތައް އަދާ ކުރި މީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް، ނިންމާފައިވާ އެވޯޑް ކުރިމަތިލާން ދިން މުއްދަތު ދޭން ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓެޝަނަލް އެެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން އިތުރުކޮށްފި އެވެ.

އެ ކުންފުނިން ބުނީ ގަމުގެ އެއާޕޯޓާއި ކުރީގެ އައްޑޫ ގަން ބަލަހައްޓާ ޔުނިޓް (އޭޑީއޭ) ގައި މެދުނުކެނޑި 10 އަހަރު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދޭން ނިންމާފައިވާ ކަމަށެވެ.

އެހެންވެ ގަމުގައި އެކިއެކި ވަޒީފާތައް އަދާ ކުރި މީހުން ވަޒީފާތަަކަށް ވަން ތާރީހާއި ވަކިވި ތާރީހުތައް އެނގޭ ގޮތަށް މި މަ މަހުގެ ލިޔުންތައް ފޮނުވަން ޖެހެނީ މި މަހުގެ 19 އާ ހަމައަށެވެ.

ކުރިން ދިން މުއްދަތު ހަމަވީ އިއްޔެ އެވެ.

ކުރިން އިނގިރޭސިންގެ މައި ބޭސްއެއްގެ ގޮތުގައި ބޭނުން ކުރި ގަމަކީ އައްޑޫގެ ވަރަށް ގިނަ ބަޔަކު މަސައްކަތްކޮށްފައިވާ ތަނެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަރަށް ގިނަ ވަޒީފާތައް އުފައްދައި، އައްޑޫގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސި އެވެ.

އޭޑީއޭއަކީ އެގޮތުން އުފެދުނު މުއައްސަސާއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ހަމައަށް އޭޑީއޭގައި ގިނަ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރި އެވެ.

ނަމަވެސް ނަޝީދުގެ ވެރިކަމުގައި އޭޑީއޭ އުވާލައި، ގަމުގެ ހުރިހާ ކަމެއް ވަނީ އޭއައިއޭއާ ހަވާލުކޮށްފަ އެވެ. އެ ބަދަލާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ވަޒީފާ ވެސް ގެއްލިގެން ދިޔަ އެވެ.