ދަރިފުޅުގެ ގްރެޑުއޭޝަނަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެމްޕެއިން ކުރިއަށް ގެންދާނެކަމަށެވެ.
އިބޫ މާދަމާ ރޭ އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
ކުއްލި ދަތުރުފުޅެއްގައި އިބޫ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން އިއްލާން ކުރެއްވުމާއި ގުޅިގެން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށް ދަތުރުގެ މަގްސަދުވަނީ ހާމަކުރައްވާފައެވެ. މި ދަތުރުފުޅަކީ ކުރިންވެސް ތާވަލް ކުރެވިފައިވާ ދަތުރުފުޅެކެވެ.