Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ބިއްލޫރިގަނޑު ތަޅާލީ ފިނޑި ބައެއް: މަހްލޫފް

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ރޭ ދަންވަރު ތަޅާލާފައި ވަނީ ވަރަށް ގަމާރު ފިނޑި ބައެއް ކަމަށް އެކަން ކުރި ބަޔަކު ޔަގީން ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓްގައި މަހްލޫފް މިހެން ވިދާޅުވެފައިވާ އިރު، އެ ޓްވީޓްގައި އޭނާ ވަނީ ދިވެހި ފުލުހުންނަށްވެސް ސުވާލެއް އަމާޒު ކުރައްވާފައެވެ.

މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ހަމަ ހަގީގަތުގައިވެސް އޮފީހުގެ ބިއްލޫރިތައް ތަޅާލައިގެން ކުރާނެ ފައިދާއެއް އޭނާއަށް ނުވިސްނޭ ކަމަށެވެ. އެކަން ކުރި ބަޔަކު އެމީހުންނަކީ ވަރަށް ފިނޑި ގަމާރު ބައެއް ކަމަށް ގަބޫލު ކުރަންޖެހޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. މީގެ އިތުރުން މި ޓްވީޓްގައި އޭނާ ވަނީ އެބޭފުޅުންގެ ކެންޑިޑޭޓް އިބޫ އަށް ހަމަލާދޭން އުޅުނު އެޗްޑީސީގެ މުވައްޒަފު ހައްޔަރު ކޮށްފިންތޯ ޕޮލިސް އާއި ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ހުންނަވާ، ހައުސިން މިނިސްޓްރީގެ އެގެޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހެއިރު(އަބުހަރީ) ދިރިއުޅުއްވާ، ސ.ހިތަދޫ ލިލަކު ގޭގެ ބިއްލޫރިތައް ވެސް ބަޔަކު ވަނީ ދެ ފަހަރު މަތިން ތަޅާލާފައެވެ.